ހިންޏަކީ ވަރަށް ކުޑަކުޑަ މަހްލޫގެކެވެ. އެކަމަކު ބައެއް ފަހަރު އިންސާނުންނަށް ވަރަށް ބޮޑެތި އުދަގުލާއި ވޭން ކުރިމަތިކުރުވާ މަހްލޫގެކެވެ. ހިންޏެއް ހަފައިގެންފިނަމަ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަވަސްވެ ގަންނަނީ އެސޮރު މަރައިލުމަށެވެ. ނަމަވެސް ހިނި ހެފުމުން ހަށިގަނޑަށް ލިނބިގެންދާ ފައިދާތައް އެނގޭނަމަ އެކަން އެގޮތައް ނުކުރާނެކަން ޔަގީނެވެ.
އެމެރިކާގެ ފައުންޑޭޝަން އޮފް އޮސްޓެޕަތިކް ޑާމެޓޮލޮޖީ އިން އާންމުކޮށްފައިވާ ޖާނަލް އެއްގައި ހިނި ހެފުމުން ލިބޭ ތިން ފައިދާއެއް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ހިންޏެއް ދަތްް އެޅުމުން ލިބޭ އެއް ފައިދާ އަކީ ހަށިގަނޑުގެ ލޭގެ ހިނގުން އަވަސް ވުމާއި ރެޑް ބްލަޑް ސެލް އިތުރު ކޮށްދިނުމެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ހިނގުން އަވަސްވެ މީހާގެ ތާޒާކަން އިތުރުވެގެންދާނެ އެވެ.
އެއްތަނެއްގައި އެއްފަހަރަށް ވުރެ ގިނަފަހަރު ހިނި ހަފައިފިނަމަ އެތަނެއް ރަތްވެފައި ދުޅަކޮށްލަ އެވެ. އެކަން އެގޮތަށް ވާން މެދުވެރިވެރިވަނީ ކީރޮސިސް ނަމަކަށް ކިޔާ މާއްދާއެެއް ހިނި ހަފާ ހިސާބުގައި އުފައްދާތީ އެވެ. ނަމަވެސް އެ މާއްދާ އެހާ ގިނައިރު އެތަނެއްގައި ނުހުރެ އެވެ. ހިނި ހެފުމުން، ކީރޮސިސް ކިޔާ މާއްދާގެ ބޮޑު އިންސައްތައެއް ހަށިގަނޑުން ނައްތާވެސްލަ އެވެ. ހިނި ހަފާ ވަގުތުގައި އެހިސާބު ހިރުވާ ކަހަލަ އިހްސާސެއްވީ ނަމަވެސް އެވަގުތު ހަށިގަނޑަށް ހުށަހެޅިގެންދާ އެތައް ޖަރާސީމެއް ހަށިގަނޑަށް އެތެރެ ވިޔަ ނުދީ ހިފަހައްޓައިދެ އެވެ. އަދި ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރީވެދެ އެވެ.
މީގެ އިތުރުން ހަށިގަނޑުގެ އެއްތަނަށް ވުރެ ގިނަ ތަނަތަނުގައި ހިނި ހަފައިފިނަމަ އެޑްމާ ނަމަކަށް ކިޔާ މާއްދާއެއް ހަށިގަނޑު ތެރޭގައި އުފައްދަ އެވެ. ވިހަތަކުގެ ސަބަބުން ފުއްޕާމެއަށް ލިބިފައވާ ގެއްލުންތަކުން އަރައިގަތުމަށް އެޑްމާ މުހިއްމު ދައުރެއް ހަށިގަނޑުގެ ތެރޭގައި އަދާކުރެ އެވެ.
ހިނި ހެފުމުން އިންސާނާގެ ހަށިގަނޑަށް ހިނީގެ ޒަރީއާ އިން ވާސިލްވާ ސަލިވަ ކިޔާ މާއްދާ އަކުން ހިނި ހަފާ ގުނަވަނެއްގައި ހުންނަ ފެޓްސްގެ ރަނގަޅު އަދަދެއް އަންދާލަ ދިނުމަކީ ފަލަކޮށް ތިބޭ މީހުންނާއި ޑައިޓް ކުރާ މީހުންނަށް ވެސް ލިބޭނެ އުފާވެރި ހަބަރެކެވެ.