މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ދުބާއީ އެކްސްޕޯގައި ދިވެހި ތާރީހު ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް

ދުބާއީ އެކްސްޕޯގައި ދިވެހި ތާރީހު ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބުނީ މި އެކްސްޕޯ އަކީ ރާއްޖޭގެ ޓޫރިޒަމާއި ސަގާފަތާއި ދިވެހި ތާރީހު އަދި އުފެއްދުންތެރިކަމާއި ރާއްޖޭގެ ތަރައްގީގެ ކުރިމަގު މުޅި ދުނިޔެއަށް ދައްކާލަން ލިބިފައިވާ ރަނގަޅު ފުރުސަތަކަށް ވާތީ އެކްސްޕޯ 2020 ގައިވާ ދިވެހިރާއްޖޭގެ ޕެވެލިއަންގައި ދިވެހި ތާރީހު ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މައުރަޒު ޖެނުއަރީ 17، 2022 އިން ފެށިގެން ޖެނުއަރީ 27، 2022 އަށް ނުވަތަ ފެބްރުއަރީ 4، 2022 އިން ފެށިގެން ފެބްރުއަރީ 14، 2022 އަށް ނޫނީ މާރިޗް 1، 2022 އިން ފެށިގެން މާރިޗް 8، 2022 އަށް ނުވަތަ މާރިޗް 16، 2022 އިން ފެށިގެން މާރިޗް 26، 2022 އަށް މިއިން ކޮންމެވެސް އެއް ތާރީހެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މައުރަޒު ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރާ ދިވެހި ކުރެހުންތެރިންގެ ތެރެއިން އެންމެ އެކަށީގެންވާ ހުށައެޅުމެއް ހުށަހަޅުއްވާ ކުރެހުންތެރިއަކު ހޮވާނެ އެވެ. އަދި މިކަމަށް ހޮވޭ ކުރެހުންތެރިއެއްގެ ކުރެހުންތައް ރާއްޖޭގެ ޕެވެލިޔަންގައި ޑިސްޕްލޭކޮށް އެ ކުރެހުންތަކާ ގުޅޭ ގޮތުން ޕެވެލިއަން އަށް ޒިޔާރަތްކުރާ މީހުންނަށް މައުލޫމާތު ފޯރު ކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެކަމަށް ހޮވޭ ކުރެހުންތެރިއަކު ދުބާއީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާއި މައުރަޒުގައި ބޭނުން ކުރުމަށް ގެންދާ ތަކެތި ދުބާއީ އަށް ގެންދިއުމުގެ އިންތިޒާމްތައް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

މިކަމަށް ޝައުގުވެރިވާ ކުރެހުންތެރިން ޖަނަވަރީ 10 ވަނަ ދުހުގެ ކުރީން ޕްރޮޕޯސަލް ހުށައެެޅުމަށް އެ މިނިސްޓްރީން އެދެއެވެ. ޕްރޮޕޯސަލް ހުށައަޅާއިރު މައުރަޒުގައި ދައްކުވައި ދިނުމަށް ހުށަހަޅާ ކުރެހުންތަކުގެ ފޮޓޯ އާއި ފޮޓޯއިން ދައްކުވައިދޭ މަންޒަރުތަކުގެ ތަފްސީލް އަދި މައުރަޒުގެ މަގުސަދު ނުވަތަ ތީމް އަދި މުޅި މައުރަޒުން ބެލުންތެރިންނަށް ފެނިގެން ދާނެ މައިގަންޑު ކަންކަން ހުށައަޅަން ޖެހެއެވެ.