މިފްކޯ

މިފްކޯގެ މަސް ބޯޓުތަކަށް ޑެކް ކްރޫ އިން ހޯދަނީ

Dec 29, 2021

މިފްކޯގެ މަސް ބޯޓުތަކަށް ޑެކް ކްރޫ އިން ހޯދަން އިއުލާންކޮށްފި އެވެ.

ވަޒީފާއަށް ކުރިމަތިލުމަށްޓަކައި ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.

މިފްކޯ އިން ޑެކް ކުރޫއިން ހޯދަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ފްލީޓަށް 10 މީހުން އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ފްލީޓަށް ނުވަ މީހުންނެވެ.

ޑެކް ކުރޫ އިންނަށް މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ މަހަކު 10،040 ރުފިޔާ އެވެ.

މި މަަގާމުގެ މައިގަނޑު ޝަރުތަކީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހަކަށް ވުމެވެ.

ޑެކް ކުރޫގެ މައިގަނޑު މަސައްކަތަކީ އައިސް ކިރުމާއި އައިސް ނެގުމާއި، ގަންނަ މަސް ބަރުކުރުމާއި، ބޯޓުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ކުރުމެވެ.

މަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ މީހުންގެ ތެރެއިން ސޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަވިއުކޮށް ގާބިލް މީހުން ހޮވާ އުސޫލުންނެވެ.