ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޕްރައިވެޓް ސެކްޓާއާ ގުޅިގެން އަނެއްކާވެސް މީހުން ބިނާކުރަނީ

ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް މީހުން ބިނާކުރުމަށް ޕޮލިޓެކްނިކްއާ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ހަޔާ އެޑިއުކޭޝަންއިން ކުރިއަށް ގެންދާ "ސްކިލްސް ފޯ ރެޒިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމްގެ ގެ އާ ބުރެއް ފަށަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ "ސްކިލްސް ފޯ ރެޒިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމްގެ އާ ބުރެއް ފަށަން މިހާރު އިއުލާންވެސް ކޮށްފައިވާ ކަމަށެވެ.

މިިނިސްޓަރު މިއަދު ވިދާޅުވީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ނޫނީ މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ.

އެގޮތުން މިދިޔަ އަހަރު ފެށި "ސްކިލްސް ފޯ ރެޒިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމްގެ ދަށުން 15 ފަރާތަަކަށް ކޮންޓްރެކްޓް ހަވާލުކޮށް އެ ފަރާތްތަކުން ކޯސްތައް ފުރިހަމަކޮށް ސަނަދު ދިނުމާ ހަަމައަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި އޭގެން އެއް ފަރާތުން ކޯސް ފުރިހަމަކުރި 83 ފަރާތަކަށް ސަނަދު މިހާރު ދީވެސްފައިވާ ކަމަށެވެ.

"އިއްޔެ ނޫން އޭގެ އަނެއް ދުވަހު ދެވަނަ އިއުލާނެއްކޮށްފައި އޮންނާނެ މީހުން ބިނާކުރުމަށްޓަކައި އަޅުގަނޑުމެން އުއްމީދުކުރަނީ އެ އިއުލާންއަށް ޕޮޒިޓިވްކޮށް ޖަވާބު ދެއްވާނެކަމަށް. އަދި ކުރިއަށްވުރެ ގިނަ ފަރާތްތަކުން އަޅުގަނޑުމެން މީހުން ބިނާކުރުމަށް ކުރާ މަސައްކަތަށް ވަކިން ހާއްސަކޮށް ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ދާއިރާއަށް މީހުން ބިނާކުރުމަށް އަޅުގަނޑުމެންނާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް." ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓާއިން މީހުން ބިނާކުރުމުގެ ކޯސްތައް ހިންގަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަރަދުވެސް ކޮށްގެން ނެވެ.

ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް މީހުން ބިނާކުރުމަށް ހިންގާ ޕްރޮގްރާމްގައި ޓޫރިޒަމް ދާއިރާގެ ކޮންސްޓްރަކްޝަންއާއި އަދި އައިސީޓީގެ ދާއިރާއަށް ވެސް މީހުން ބިނާކުރާނެ އެެވެ.