ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ފޮތެއް ނެރެފި

އުނގެނެން އެހީތެރިކަން ބޭނުންވާ ދަރިވަރުނަށް ހާއްސަ ފޮތެއް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް އަހުމަދު ނެރެ ދެއްވައިފި އެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ނެރެދެއްވީ އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާން ތައްޔާރުކުރެއްވި ފޮތް "އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނެވެރިންނަށް އެހީއެއް" މި ފޮތެވެ.

އެ ފޮތަކީ އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއިމެދު ބެލެނެވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ.