ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑަންޓް ލޯނުގެ އާ ފުރުސަތެއް މިމަހު ހުޅުވާލަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
0%
0%
100%

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން މި މަހު އާ ސްކީމަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ލޯން ސްކީމްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރީގެ ސްކީމްތަކާ ހިލާފަށް ހެޔޮ ބަދަލުތަކެއް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން އަލަށް ހުޅުވާލާ ލޯން ސްކީމްގައި ބައެއް ހާއްސަ ދާއިރާތަކަށް "ސްލޮޓްތައް" ދޭނެ ކަމަށާއި މި މަސް ނިމުމުގެ ކުރިން ލޯނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެކަމަކު ލޯނު ދޭން ނިންމާފައިވާ ދަރިވަރުންގެ އަދަދު ވިދާޅެއް ނުވެއެވެ.

ލޯން ސްކީމް އިއުލާން ކުރުމުން ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން ފުރިހަމަ މައުލޫމާތު ހޯދަން ވެސް މިނިސްޓަރު އެދި ވަޑައިގަތެވެ.

"ކޯހަށް ކުރިމަތިލާ ކުއްޖާއަށް އެބަ އެނގެން ޖެހޭ އެޕްލިކޭޝަންގެ ކޮންބައެއް ކިހިނެއްކަން ފުރަން ޖެހެނީ. ކޮން މައުލޫމާތެއްކަން އެންމެ މުހިންމީ ތިމަންނަގެ އެޕްލިކޭޝަން ޑިސްކޮލިފައި ވާނީ ކިހިނެއްކަން." މިނިސްޓަރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345