ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

މާފުށި ބަންދުކޮށްފި

ގެސްޓު ހައުސް ފަތުރުވެރިކަމުގައި މަޝްހޫރު ކ. މާފުށިން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް ބަންދުކޮށްފި އެވެ.

މާފުށި މިއަދު ބަންދުކުރި އިރު އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހީންވެސް އެރަށަށް ދަތުރު ދިއުމަށް އޮތީ ރާވާފަ އެވެ.

މާފުށީގެ ހުރިހާ ގެސްޓްހައުސްއެއް މިވަގުތު ފުރިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މީގެ ކުރިން މިއަަހަރުގެ އޭޕްރީލް މަހާއި އަދި ނޮވެމްބަރު މަހުވެސް މާފުށި މޮނިޓަރިންއަށް ލާފައިވެ އެވެ.

މާފުށި މޮނިޓަރިންއަށްލީ ނަމަވެސް އެރަށުގެ ގިނަ ބަަޔަކު ވެކްސިން ފުރިހަމަކޮށްފައިވާތީ ފަތުރުވެރިންނަށް އެ ރަށަށް ދަތުރުކުރެވެނެ އެެވެ.

ކޮވިޑް ބަލި ފެތުރެމުންދާތީ ބަންދުކުރި ރަށްތަކުގެ އަދަދު އިއްޔެ އޮތީ 18 ގައެވެ.

ރާއްޖެއިން އިއްޔެ 198 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން 60 މީހުންނަކީ ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ނެވެ.