މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުގެ 99 ޕަސެންޓް ހާސިލް ކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. ރައީސް ސޯލިހް ކަނޑައެޅުއްވި އަމާޒުގެ 99 ޕަސެންޓަށް ވާސިލުވެވިފައި މި ވަނީ ރަތްމަންދޫ އިންޖީނުގޭގެ ބިންގަލާއެކު ގައެވެ.
މ. ރަތްމަންދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެެއްވީ އެމްޑީ އަހްމަދު ސައީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަދި ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދު އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެތައް ހުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ދިޔައީ ލިބެމުން ކަމަށެވެ. އަދި އެފަދަ އިން ހުރި އިންޖީނުތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރެވުމަކީ ލިބިވަޑައިގެންނެވ އުފަލެއް ކަމަށެވެ.