ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިނާއި ސާމްޕަލް ނަގާ ސެންޓަރުތައް މާދަމާ ބަންދު

Dec 31, 2021

މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ޖަހައިދޭ ސެންޓަރުތަކާއި ސާޕަލް ކަލެކްޝަން ސެންޓަރުތައް މާދަމާ ބަންދުކުރަން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ ވެކްސިން ސެންޓަރުތަކާއި ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުކުރަން ނިންމާފައިވަނީ މީލާދީ އާ އަހަރާ ދިމާކޮށެވެ.

މާދަމާ އަކީ ސަރުކާރު ވެސް ބަންދު ދުވަހެކެވެ. އެކަމަކު ސަރުކާރު ބަންދު ދުވަސް ތަކުގައިވެސް ވެކްސިން ސެންޓަރުތަކާއި ސާޕަލް ކަލެކްޝަން ސެންޓަރުތަކުގައި މީގެ ކުރިންވެސް ހިދުމަތް ފޯރުކޮށްދެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހައިދެނީ އައިޖީއެމްއެޗް، ސެނަހިޔާ، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ގައެވެ.

ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަކީ މާލޭގެ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފްލޫ ކްލިނިކެވެ. އެއީ އެޗްޕީއޭގެ ވެބްސައިޓުގައި މިވަގުތު ލިސްޓްކޮށްފައިވާ ތަންތަނެވެ. ނަމަވެސް އަދިވެސް މަގުމަތިން ރެންޑަމް ސާމްޕަލްތައް ނަގަ އެވެ.