ހަބަރު

ތަރައްގީގައި އެންމެން ބައިވެރިވާން ރައީސް ގޮވާލައްވައިފި

Jan 1, 2022
4
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
0%
0%
0%

ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި އަވަހަށް އަތުވާނެ ކަމަށާއި، އާ އަހަރުގެ އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާ އަހަރު ފެށުމާއި ގުޅިގެން ދެއްވި ހިތޯބެއްގަ އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއް ކަމަށާއި މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކީ އެއްބައިވަންތަކަމާއި ކެތްތެރިކަން ކަމަށެވެ. އަދި ވިދާޅުވީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގެއްލުންތައް އަވަހަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުން ކަމަށެވެ.

ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ރާއްޖެ ވަނީ، އިގްތިސޯދީ ހަރަކާތްތައް އަލުން ފަށައިފައި ކަމަށާއި، އާންމު ހާލަތަށް އެނބުރިފައި ވިޔަސް، ކޮވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ނުދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ސަމާލުކަން އިލްތިމާސް ކުރައްވާފައެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345