ދުނިޔެ

2030 ނިމެންދެން ޖައްވީ ސްޓޭޝަން ދަމަހައްޓާނެ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން 2030 ނިމެންދެން ދަމަހައްޓާނެ
0%
0%
0%

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސަޕޯޓް ދޭނެކަން ކަށަވަރު ވެފައިވާ ކަމަށް ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުން ނާސާއިން މިހާރު މަސައްކަތްކުރަނީ ރަޝިއާ ފަދަ ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދެމެހެއްޓުމަށެވެ. އުއްމީދަކީ އޭނާ ވިދާޅުވި ގޮތުން 2030 ނިމޭއިރު ވެސް ސްޓޭޝަން ދުޅަހެޔޮ ހާލަތުގައި އޮތުމެވެ.

ނާސާއިން މިގޮތަށް ވާހަކަދައްކާފައި މިވަނީ ސްޕޭސް ސްޓޭޝަންގެ ހާލަތާ މެދު ދުނިޔޭގެ ސައިންސް ޖަމާއަތްތަކުން ކަންބޮޑުން ފާޅުކޮށްފައި ވަނިކޮށެވެ.

ސްޕޭސް ސްޓޭޝަނުން ވައި ލީކުވުމާއި ބޭނުންޖެހިފައިވާ ވަރަށް މަރާމާތު ނުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަނީ ތަންކޮޅެއް އަޑުގަދަވެފަ އެވެ. އަނެއްކޮޅުން ރަޝިއާއިން އަޖުމަ ބެލި އެންޓި ސެޓެލައިޓް މިސައިލްގެ ސަބަބުން ވެސް ޖައްވީ ސްޓޭޝަނަށް ބިރުބޮޑުވެފައިވާ ވާހަކަތައް ވަނީ ގިނަވެފަ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދެމެހެއްޓުމަށް ބޭނުންވާ ފައިސާ، އެމެރިކާގެ ކޮންގްރެސްއިން ނުހިފަހައްޓައިފި ނަމަ ސްޓޭޝަން ބެލެހެއްޓުމަށް ބައިނަލްއަގްވާމީ ބައިވެރިންގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ނާސާ އިން ބުނެ އެވެ.

އިންޓަފެކްސް ނޫސް އެޖެންސީން ބުނާ ގޮތުން އެމެރިކާ އާއި ރަޝިއާ ވެސް ވަނީ ޖައްވީ ސްޓޭޝަން ދެމެހެއްޓުމަށް އާނބަސް ބުނެފަ އެވެ. އަދި ސްޓޭޝަންގައި ސައިންސްގެ ދިރާސާތައް ދެ ގައުމު ގުޅިގެން ހިންގަން އެއްބަސްވެފަ އެވެ.

ރަޝިއާގެ ސޮޔުޒް ރޮކެޓްތަކުގައި ސްޓޭޝަނަށް މީހުން އުފުލާނެ ކަމަށާއި ދެ ގައުމު ގުޅިގެން ހަރަދު ބައިކުރަން ވެސް ވާހަކަ ދެކެވުނު ކަމަށް ނާސާގެ އޮފިޝަލުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910