ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން އާ އަހަރުގެ ފެށުމާ ދިމާކުރައްވާ ލަންކާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ.
އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވިއިރު، ދެ ބޭފުޅުންގެ އާއިލީ ބައެއް ބޭފުޅުން ވެސް އެ ގައުމުގައި ދިރިއުޅުއްވަ އެވެ.
ރައީސްގެ ދެ ކަނބަލުން ވަނީ މިދިޔަ އަހަރު ވެސް އާ އަހަރުގެ ބަންދާ ދިމާކޮށް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ.