ދުނިޔެ

އެމެރިކާއަށް މެދުއިރުމަތި ރައްކާތެރި ނުވާނެ: އީރާން

އެމެރިކާއިން އަވަސް އަވަހަށް ތާލިބާނުންނާ ޑީލް ހަދައި އަފްޣާނިސްތާނުން ފައިބައިގެން ދިޔައީ ބިރުން ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ރިވޮލޫޝަނަރީ ގާޑުންގެ ތަރުޖަމާން ރަމިޒާން ޝަރީފް ވިދާޅުވި ގޮތުގައި ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމާ ގުޅިގެން އީރާނުން ބަދަލު ހިފާނެ ކަމަށް ބިރުން އެމެރިކާ ވަނީ ތެޅިފޮޅިގެންފަ އެވެ.

އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލީ ޖެނުއަރީ 3، 2020 ގައެވެ، އެ ހާދިސާއަށް ދެއަހަރު މިއަދު ފުރޭއިރު އިރާނުން އަދި ވެސް އޮތީ ބަދަލުހިފުމަށް ފެންބޮވައިގެންފަ އެވެ.

އިރާންގެ ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި އިރާނުން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އީރާނުން ބުނާ ގޮތުން ހުޅަނގާއި ވިލާތުން ބުނާހާ ގޮތެއް ހެދުމުން ވެސް ކެހި ލިބުން ނޫން ކަމެއް ނުވެ އެވެ.

ރަމިޒާން ވިދާޅުވި ގޮތުގައި އަފްޣާނުން އެމެރިކާ ސިފައިން ފޭބި ސަބަބަކީ ވެސް އީރާނުން ރޭންތަކާ މެދު ގޮތެއް ވިސްނުމެވެ. އަނެއްކޮޅުން އީރާގުން ސިފައިން މަދުކުރީ ވެސް އޮތް ޖެހިލުމެއްގެ ބޮޑު ކަމުންނެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާ ސިފައިން އެެދިޔައީ ފަލީހަތްވެގެން ކަމަށާއި އެއީ މެދުއިރުމަތީ އެއްވެސް ގައުމަކަށް އެއްވެސް ކަމެއް ކޮށްދޭނެ ބައެއް ނޫން ކަމަށެވެ.

ގާސިމް ސުލައިމާނީގެ ބަދަލުގައި އެމެރިކާއަށް ދޭން ޖެހިފައި އޮތީ ބޮޑު ބަދަލެއް، ބޮޑު އަގެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއްގޮތަކީ އެމެރިކާގެ ރުހުމުގައި އަގު ދެއްކުން ކަމަށާއި ނުރުހުނަސް އަތުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީ އެއްވެސް ގައުމަކުން އެމެރިކާގެ އެހީތެރި ކަމަށް ނޭދުމަށް ތަރުޖަމާން ގޮވާލެއްވި އެވެ. މެދުއިރުމައްޗަށް ހަތިޔާރު ވިއްކުމަކީ އެމެރިކާއަށް އިގުތިސޯދީ ގޮތުން ލިބޭ ވަރަށް ބޮޑު ތަނަވަސްކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާއިން ޗައިނާއާ ގުޅިގެން މިހާރު ހަތިޔާރު އުފައްދަން މަޝްވަރާ އެބަކުރެ އެވެ. އަނެއްކޮޅުން ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ވަނީ އެެމެރިކާއިން އަސްކަރީ އާލާތްތައް މިވަގުތު ނުގަންނަ ގޮތަށް ނިންމާފަ އެވެ.