ޓޫރިޒަމް

ކޯނީ އިން ހޮވި ދުނިޔޭގެ އެންމެ ރީތި ބީޗު ރާއްޖޭގައި

Jan 3, 2022

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ކޯނީ އިން ހޮވި ދުނިޔޭގެ އެންމެ ރީތި ބީޗަކަށް ރާއްޖޭގެ ނިޔާމަ ޕްރައިވެޓް އައިލެންޑުގެ ބީޗް ހޮވިއްޖެ އެވެ.

ޓޫރިޒަމް ހަބަރު ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން، ކޯނީ ޓްރެވަލްގެ ތަޖުރިބާކާރުންގެ އަލީގައި ހޮވި މި ލިސްޓުގައި ރާއްޖޭގެ އިތުރުން ރާއްޖެއާ ވާދަވެރި އެތަށް މަންޒިލެއް ހިމެނެ އެވެ.

މި ލިސްޓުގައި ނިޔާމަ ރިސޯޓުގެ އިތުރުން 10 މަންޒިލެއްގެ ރިސޯޓު އަދި ހޮޓާތައް ހިމެނެ އެވެ. މި މަންޒިލްތަކުގެ ތެރޭގައި ދުބާއީ އާއި ވިއެޓްނާމް އަދި އެމެރިކާ، ގްރީސް އަދި ތައިލެންޑުގެ އިތުރުން ފިލިޕީންސްގެ ބީޗުތައް ވެސް ހިމެނެ އެވެ.

ޓޫރިޒަމް ސިނާއަތުގައި ދޭ ގިނަ އެވޯޑުތަކެއް ރާއްޖެ އަށް އަބަދު ވެސް ލިބެ އެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ވޯލްޑް ޓްރެވަލް އެވޯޑުގެ އެންމެ ޝަރަފުވެރި ވަނަ ވެސް ލިބިފައިވަނީ ރާއްޖެއަށެވެ. މި ވަނަތަނާއެކު ރާއްޖޭގެ މަގުބޫލުކަން މަތިވުމުގެ ސަބަބުން މިދިޔަ އަހަރު ނިމުނުއިރު 1.3 މިލިއަން މީހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.