ފެމިލީ ކޯޓް

11 އަހަރުތެރޭ އެންމެ ކައިވެނި މަދީ 2020 ގައި

Jan 3, 2022
3

ވޭތުވެދިޔަ 11 އަހަރުތެރޭގައި 61،000 އަށްވުރެ ގިނަ ކައިވެނިކޮށް 35،000 ވަރި ކުރިއިރު އެންމެ މަދުން ކައިވެނި ކޮށްފައިވަނީ 2020 ގަ އެވެ.

ގައުމީ ތަފާސް ހިސާބުތައް ބަލަހައްޓާ ވުޒާރާ ނޭޝަނަަލް ސްޓެޓިސްޓިކްސް އިން ނެރުނު މިދިޔަ އަހަރުގެ ތަފާސް ހިސާބު އަތް މަތީ ފޮތުގައިވާ ގޮތުން ވޭތުވެދިޔަ 11 އަހަރު ތެރޭގައި ރާއްޖޭގައި 61،027 ކައިވެނިކޮށްފައިވެ އެވެ. ނަމަވެސް މީގެތެރެ އިން 35،120 ކައިވެނި ވަނީ ރޫޅިފަ އެވެ.

11 އަހަރުތެރޭ ކުރި ކައިވެނި

  • 2010: 6,136
  • 2011: 6,015
  • 2012: 5,699
  • 2013: 5,620
  • 2014: 5,712
  • 2015: 5,763
  • 2016: 5,488
  • 2017: 5,237
  • 2018: 5,290
  • 2019: 5,069
  • 2020: 4,998

ވަރީގެ އަދަދު

  • 2010: 2,795
  • 2011: 3,016
  • 2012: 3,011
  • 2013: 3,331
  • 2014: 3,402
  • 2015: 3,358
  • 2016: 3,417
  • 2017: 3,211
  • 2018: 3,166
  • 2019: 3,429
  • 2020: 2,984

މި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ކައިވެނިކޮށްފައިވަނީ 6,136 ވަނަ އަހަރު އެވެ. އަދި އެންމެ މަދުން ކައިވެނިކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން އަހަރުގެ ބޮޑު ބައެއް ބަންދުވެފައި އޮތް 2020 ވަނަ އަހަރު އެވެ. އެ އަހަރު 4,998 ކައިވެނިކުރި އެވެ. މިއީ 11 އަހަރުތެރޭގައި އެންމެ މަދުން ކައިވެނި ކުރި އަހަރެވެ. އަދި 11 އަހަރަށް ބަލާއިރު އެންމެ ވަރި ގިނައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 3,429 ވަރިކޮށްފައިވެ އެވެ.