ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 153 ކައިވެންޏާއި 102 ވަރި

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި 153 ކައިވެނި ކުރިއިރު އެމަހު 102 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާންުމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ވަރީގެ 134 މައްސަލަ ހުށަހެޅި އެވެ. ވަރީގެ 141 މައްސަލަ ނިންމާފައިވާއިރު ނުނިމި އޮތީ 121 މައްސަލައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން ވަނީ 210 މައްސަލަ އެއް މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފަ އެވެ. މީގެތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި ހަރަދުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކާއި އާއިލީ އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 18 މައްސަލައަކާއި ހަރަދުގެ 18 މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އައިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 26 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމި އެވެ. މީގެތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި މަރު ސާބިތު ކުރުމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.