ހަބަރު

އިލެކްޓްރޯނިކް ލައިބްރަރީއެއް ގާއިމް ކުރަނީ

ޔޫއެންޑީޕީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިލެކްޓްރޯނިކް ލައިބްރަރީއެއް ގާއިމް ކުރަން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ކޮލެޖް ތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށް ދޭނީ ޖޭސްޓޯ ލައިބަރަރީއެއް ކަމަށާއި މި ހިދުމަތް ދިނުމަށް އެ މިނިސްޓްރީގައި ރަޖިސްޓަރިކޮށްފައިވާ 14 ކޮލެޖް އަދި ޔުނިވާސިޓީއަކަށް ސަބްސްކްރިޕްޝަން ސެޓްފިކެޓް ހަވާލު ކޮށްފައިވާ ކަމަށެވެ.

މި ލައިބްރަރީއިން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ތަފާތު ފޮތްތައް ކިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކިޔަވައި ދިނުމަށް މިފަދަ ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް މުހިއްމު ކަމަށާއި ޖޭސްޓޯ ފަދަ އިލެކްޓްރޯނިކް ލައިބްރަރީއެއްގެ ޙިދުމަތް ލިބުމަކީ ކިޔެވުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންގޮސް ދޭނެ ކަމެއް ކަމަށް ކަމަށެވެ