އެމްޓީސީސީ

ނެއްލައިދޫ ބަނދަރު ނިންމައިފި

Jan 4, 2022

ހދ. ނެއްލައިދޫގައި އެމްޓީސީސީން ތަރައްގީ ކުރި ބަނދަރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީއިން މިއަދު ބުނީ، ނެއްލައިދޫ ބަނދަރު ނިންމައިލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ 398 ސަރަހަދުގައި ބޭރުތޮށި ލައި، 103 މީޓަރުގެ ސަރަހައްދުގައި ވަނީ ގްރޮއިންސް ޖަހާފަ އެވެ. އަދި 204 މީޓަރުގެ ސަރަހައްދުގައި އެއްގަމު ތޮއްޓެއް ވެސް ލިއެވެ. މީގެ އިތުރުން 1812 އަކަ މީޓަރުގެ ޕޭވްމެންޓަކާއި، ރޭމްޕަކާއި މަގު ބައްތި ހަރުކޮށްފައި ވެއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 55.4 މިލިއަން ރުފިޔާ އެވެ.