ބަނދަރު ޕްރޮޖެކްޓް

ނެއްލައިދޫ ބަނދަރުގެ އަޕްޑޭޓް ދީފި

ހދ. ނެއްލައިދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ އެމްޓީސީސީން ބުނީ ނެއްލައިދޫ ބަނދަރު މަސައްކަތުގެ 42 ޕަސަނަޓް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރުއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ފަސް ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

އެ ރަށު ގައި 62،863 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، ބިން ހިއްކުމާއި، 331 މީޓަރުގެ ބޭރު ތޮށި ލުމާއި، 204 މީޓަރުގެ އެއްގަމުތޮށި ލުމާއި، 50 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި، 2،102 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމުގެ އިތުރުން ނެރު ބައްތި އާއި މދު ބައްތި ހަރު ކުރާނެ އެވެ.

ނެއްލައިދޫގައި ހިނގަނީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.