ނ. މަގޫދޫގައި ސަރުކާރުން ތަރައްގީކުރި އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ އިންޖީނުގެއާއެކު ހައްލު ވެގެންދާނެ ކަމަށެވެ.
އެ ރަށުގައި ކުރިން އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގަ އެވެ. އާ އިންޖީނުގެ އަޅާފައި ވަނީ ރައްޔިތުންނަށް އެއްވެސް އުނދަގުލުލެއް ކުރިމަތި ނުވާނެ ސަރަހައްދެއްގަ އެވެ. އާ އިންޖީނުގެއަކީ 400 ކިލޯވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި އިންޖީނުގެއެކެވެ.