މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކޯލް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

މިނިސްޓްރީގެ ކޯލް ސެންޓަރު ގާއިމްކޮށް ހިދުމަތް ދޭން ފެށީ އިއްޔެ އެެވެ. ކޯލް ސެންޓަރާއެކު ހޮޓްލައިނެއް ވެސް ގާއިމްކޮށްފައި ވެއެވެ. ހޮޓްލައިން ނަންބަރަކީ 1511 އެެވެ.

މި ސެންޓަރުގެ ހިދުމަތް ދޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 8:30 އިން މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. ސެންޓަރު ބަންދު ގަޑިތަކުގައި އީމެއިލުން މައުލޫމާތު ހޯދަން ހުށަހެޅުމުގެ އިންތިޒާމް އޮވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މައްސަލަަތައް ފާހަގަކޮށް އަބަދުވެސް މީހުން ޝަކުވާތައް ކުރެއެެވެ. އަދި މިކަމާ ގުޅިގެން ދޭތެރެ ދޭތެރެއިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައި ވެއެވެ.