ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ކޮވިޑް އުސޫލާ ހިލާފުވި ޓޫރިސްޓް އުޅަނދަކަށް ފިޔަވަޅު އަޅައިފި

Jan 6, 2022

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލާ ހިލާފުވި އުޅަނދެއްގެ ހުއްދަ ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިިނިސްޓްރީން ބުނީ ޕީސީއާރް ޓެސްޓިން މިންގަނޑާ ހިލާފުވި އުޅަނދުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރަތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

ހުއްދަ ހިފެހެއްޓި އުޅަނދުގެ މައުލޫމާތެއް އަދި އެއީ ކޮން ބާވަތެއްގެ އުޅަނދެއް ކަމަކަށް ވެސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

އުޅަނދަށް އަލުން ހުއްދަ ދޫކުރާނީ ކޮވިޑުން ރައްކާތެރިވުމަށް ފަތުރުވެރިކަމުގެ ދާއިރާ އަށް ހާއްސަކޮށްގެން އެޗްޕީއޭއިން އެކުލަވާފާއިވާ ގައިޑްލައިނާ އެއްގޮތަށް އުޅަނދުގެ ކަންކަން ހުރިތޯ ބަލައި ޔަގީންކުރުމަށްފަހު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮވިޑްގެ އާ ވެރިއަންޓް -- އޮމިކްރޯން ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާތީ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ އުސޫލުތަކަށް ސަމާލުކަން ދިނުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް 19 އުސޫލާ ހިލާފުވި ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިންވެސް ފިޔަވަޅު އަޅާފައިވެ އެވެ.