ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިޓް މާކެޓް

ނިންމުން ބަދަލުވެއްޖެ؛ އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ނައިޓް މާކެޓަށް ހުއްދަ ދެނީ

އެޗްޕީއޭއިން އެންގުމުން މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލާފައިވަނިކޮށް އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ނައިޓް މާކެޓަށް ހުއްދަ ދޭން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ދެންމެ ބުނީ މާލެ އާއި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހާއްސަ ތަންތަނުގައި އެފަދަ މާކެޓްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމުމުން އެކަމަށް އެދުނު ފަރާތްތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ބޮޑެތި ހަރަދުތަކެއް ކޮށް ނައިޓް މާކެޓް ބާއްވަމުން ދަނިކޮށް އެޗްޕީއޭއިން އެކަން ހުއްޓުވަން އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކައުންސިލަށް މިހާރުއަންގާފައިވާ ކަމަށެވެ. އެހެން ކަމުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ބުންޏެވެ.

ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކައިފަ އެވެ. އެ ނައިޓް މާކެޓް އިންތިޒާމްކޮށް ހިންގަމުން ދިޔައީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ކުރިއަށް އޮތް ތިން ހަފްތާ ގޯސްވާނެ ކަމަށް ސިއްހީ މާހިރުންނާއި ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ރައްކާތެރި ފިޔަވަޅުތައް އަޅުއްވައި، ސަމާލުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް ތިރިވުމަށްފަހު ވޭތުވެދިޔަ ތިން ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރައިފަ އެވެ. މިރޭގެ ނަންބަރު ހުރީ 300 އިން މަތީގައެވެ.