ވިޔަފާރި

ރަންދިހަ ފަހެއް ނޫޓު ކުރަހަން ތިން ފަރާތެއް ޝޯޓް ލިސްޓް ކޮށްފި

Jan 19, 2015

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އެމްއެމްއޭއިން ނެރޭ "ރަންދިހަ ފަހެއް" ނޫޓު ކުރެހުމަށް ތިން ފަރާތެއްގެ ނަން ޝޯޓް ލިސްޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ރަންދިޔަ ފަހެއް ކުރަހަން ގަދަ ތިން ފަރާތުގެ ގޮތުގައި ޝޯޓްލިސްޓު ކޮށްފައިވަނީ މ. ރޯޒީ ސައިޑް، މުހައްމަދު ރައްސާމް އާއި ގ. އަނބުގެ، އިބްރާހިމް ހުސެއިން ޝިހާބު އަދި މ. ނިޔަމި، ނިސާފު ރަޝީދުގެ ޓީމުގެ އިތުރުން، ބ. ކެންދޫ، ޖަވާހިރުގޭ، އަބްދުﷲ ނަޝާތާއި މ. މޭރީ، އަފްޒަލް ޝާފިއު އެވެ.

ޝޯޓް ލިސްޓު ކުރި ތިން ފަރާތައް ނޫޓުތަކުގެ ފަރުމާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ލިބޭނެ އެވެ.

އެމްއެމްއޭ އިން ތިން ފަރާތެއް ޝޯޓް ލިސްޓް ކޮށްފައިވަނީ ޕްރޮޕޯސަލް ހުށަހެޅި ހަ ފަރާތެއްގެ ތެރެއިންނެވެ. މި މުބާރާތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ގްރޫޕްތަކާއި ވަކިވަކި ފަރުދުންނަށް ވެސް ލިބެ އެވެ.

ރަންދިހަ ފަހަކަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރަނީ އެކަމުގެ ތަޖުރިބާކާރު ބޭފުޅުންގެ ޓީމަކުންނެވެ. އަދި ޝޯޓް ލިސްޓް ކުރި ތިން ފަރާތައް ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. އަދި މީގެ ތެރެއިން އެންމެ ރަނގަޅު އެއް ކުރެހުމެއް ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ. އަދި އެ ފަރާތަކަށް އިނާމެއްގެ ގޮތުގައި 400،000ރ. އިނާމެއްގެ ގޮތުގައި ލިބެ އެވެ.