ރަންދިހަފަހެއް

"ރަންދިހަ ފަހެއް" ނޫޓުތައް ކުރަހަން ހަ ފަރާތެއް ޝޯޓް ލިސްޓްކޮށްފި

Jan 12, 2015

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް މަރުކަޒީ ބޭންކު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރޭ "ރަންދިހަ ފަހެއް" ނޫޓުތައް ކުރެހުމަށް ހަ ފަރާތެއްގެ ނަން ޝޯޓް ލިސްޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނީ ނޫޓުތައް ކުރެހުމަށް ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ގްރޫޕުތަކާއި ވަކިވަކި ފަރުދުން ވެސް ހިމެނޭ ކަމަށެވެ.

ނޫޓު ކުރެހުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި މ.ބަތަލާ އަލީ ބުންޔާމީން އާއި މުހައްމަދު ރައްސާމް، މ. ރޯޒީސައިޑާއި އިބްރާހިމް ޝިހާބު، ގ. އަނބުގެ ހިމެނެ އެވެ. މީގެ އިތުރުން މ. ނިޔަމި، އަލީ ނިޝާފް ރަޝީދާއި މ. ޖޭމު، އަހުމަދު ޔައީޝް އަހުމަދާއި ހ. އަލިނަރުގެ މުއާވިއަތު އަލީ އާއި ބ. ކެންދޫ، ޖަވާހިރުގޭ، އަބްދުﷲ ނަޝާތާއި މ. މޭރީ، އަފްޒަލް ޝާފިއު ހިމެނެ އެވެ.

ރަންދިހަ ފަހަކަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރަނީ އެކަމުގެ ތަޖުރިބާކާރު ބޭފުޅުންގެ ޓީމަކުންނެވެ. އަދި ޝޯޓް ލިސްޓް ކުރި ހަ ފަރާތުގެ ތެރެއިން ތިން ފަރާތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. އަދި މީގެ ތެރެއިން އެންމެ ރަނގަޅު އެއް ކުރެހުމެއް ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ. އަދި އެ ފަރާތަކަށް އިނާމެއްގެ ގޮތުގައި 400،000ރ. ލިބޭނެ އެވެ.