ހަބަރު

އާ ގަވަރުނަރުގެ ސޮޔާއެކު ނެރުނު ނޫޓުތައް ބޭނުންކުރަން ފަށައިފި

Sep 3, 2018
5
ގަވަރުނަރު ނަސީރުގެ ސޮޔާއެކު ނެރުނު ދެ ނޫޓު- ފޮޓޯ: އެމްއެމްއޭ
50%
0%
50%

މަރުކަޒީ ބޭންކުގެ އާ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނެސްފައިވާ 10ރ. އާއި 100ރ. ގެ މިއަދު ބޭނުން ކުރަން ފަށައިފި އެވެ. މިއީ އާ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ނެރުނު ފުރަތަމަ ނޫޓުތަކެވެ.

ރާއްޖޭގެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މދިޔަ އަހަރު ބޭނުންކުރަމުން ގެންދާ 5ރ. އާއި 10ރ. އަދި 20ގރ.ގެ އިތުރުން 50ރ. އަދި 100ރ. އާއި 500ރ. ގެ ނޫޓުތަކުގައި ސޮއިކޮށްފައިވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.

ކުރިން ރާއްޖޭގައި ބޭނުން ކުރަމުން ގެންދިޔަ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް "ޕޮލިމާ" ކަރުދާހުގައި ޗާޕުކޮށްގެން ނެރެފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރުގެ މިނިވަން ދުވަހު އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮލެޖު

ހާދަ އަވަހަށް ތިޔަ ނޫޓުތައް މި ނެރުނީ؟ އަހަރު ދުވަސް ކިރިޔާ މިވީ. އަޅެ، އަޒީމާ ކޮންކަހަލަ މޮޔަ ހިސާބު ސަކަރާތެއް ކަން ޖެހީ އަދި ކިރިޔާ މި އެނގުނީ

ދދސމާ

ބޭކާުރު ޚަރަދެއް ބޮޑުއިސްރާފެއް

ޙަހަ

ތިއަށް ކިޔާތަ ސޮއި؟

ނަޖްވާ

ނޫޓު ނެރެވިއްޖެއްޔާ އެ ވީ އުތަ؟

ލކ

ޕުރިންޓް ކޮށްލާފަ ނެރުނީ ދެން ޕ.ޕ.މ ކުދިންކޮޅު ތަންތަނަ ދަތުރުކުރަން ފަށާނެ.ލާރި ބަހާލާނެ މިފަހަު ޔާމިނު. މަގޭ ވޯޓް އިބޫއަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345