ސިހުރު ހެދުން

ސަންގު ޓީވީގެ "ސިހުރު ފަންޑިތަ" ޕްރޮގްރާމް ހުއްޓާލަން އަންގައިފި

ސަންގު ޓީވީން ގެނެސްދޭ "ސިހުރު ފަންޑިތަ" ޕްރޮގްރާމް ގެންސްދިނުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އެޓީވީގައި އެދެފި އެވެ.

މިމަހުގެ 13 ވަަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ސަންގު ޓީވީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމަކީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދިގެންދާނެފަދަ، ޕްރޮގްރާމަކަށްވާނެތީ އެ ޕްރޮގްރާމް ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެސިޓީގައި، ފަހަކަށް އައިސް ރާއްޖޭގެ ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމަށް ރައްޔިތުންނަށް ހިތްވަރު ލިބި، ރައްޔިތުން މަގުފުރެދިގެން ހިނގައިދާނެ ފަދަ ޕްރޮގްރާމްތަކާއި ވާހަކަތައް މީޑިއާއިން ނުގެނެސް ދިނުމަށް ފިގުހު އެކަޑަމީން ފަތުވާ ނެރެފައިވާ ކަން އެ ޓީވީއަށް ހަނދާން ކޮށްދީފައިވެ އެވެ.

ސަންގު ޓީވީން ގެނެސްދޭ ސިހުރު ފަންޑިތަ ޕްރޮގްރާމަކީ އެޕްރޮގްރާމްގައި ހިމެނޭ މައުލޫމާތާއި ބެކްރައުންޑް މަންޒަރުތަކުން މުޖުތަމައުގެ އެއްބައިވަންތަ ކަމާއި، ދީނީ ވަހުދަތަށް އަސަރުކުރާ ފަދަ ގޮތަކަށް ފޮނުވަމުންދާ ޕްރޮގްރާމެއް ގޮތުގައި ފާހަގަ ކުރެވޭ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައިވެ އެވެ.

"ސިހުރު ފަންޑިތަ" ޕްރޮގްރާމަކީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ސަންގު ޓީވީން ގެނެސްދޭ ޕްރޮގްރާމެކެވެ.