ސިހުރު ހެދުން

ސިހުރު ހަދާ ކަމަށް ތުހުމަތުވެ އިހަވަންދޫ ސިއްހީ މަރުކަޒުގެ ވެރިޔަކު ހައްޔަރުކޮށްފި

ސިހުރު ހަދަމުންދާ ކަމަށް ތުހުމަތު ކުރެވިގެން ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގެ ވެރިޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރާއި ރޭ އެ ރަށުގައި ހިނގި އޮޕަރޭޝަނެއްގައި މީހެއްގެ ގެއާއި އޭނާ ވަޒީފާ އަދާ ކުރަމުންދިޔަ އެރަށުގެ ސިއްހީ މަރުކަޒު ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުން ކުރާ ސާމާނު ހޯދައިފަވާ ކަމަށެވެ. އަދި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 55 އަހަރުގެ އެ ފިރިހެނެއް މީހާ ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސިހުރު ހަދައި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އިހަވަންދޫ ސިއްހީ މަރުކަޒު ހިނގުމާއި ހަވާލުވެ ހުންނެވި ފަރާތެވެ. ނަމަވެސް އެކަމާ ގުޅިގެން ސިއްހީ މަރުކަޒުގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.