އިހަވަންދޫ

ސިހުރުގެ ލިޔުމާއި ފޮތް، ދެ ގެއަކުން ހޯދައިފި

Oct 3, 2017
7

ހއ. އިހަވަންދޫ ދެ ގެއަކަށް ފުލުހުން ވަދެ ބަލައި ފާސްކޮށް ސިހުރުހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ބައެއް ތަކެތި އަތުލައިފި އެވެ.

ފުލުހުން ބުނީ އެތަކެތި ހޯދާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިހަވަންދޫގައި ގާއިމުވެ ތިބޭ ފުލުހުން އިއްޔެ އާއި އޭގެ ކުރީ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވަން ދެ ގެއަކުން ކަމަށެވެ.

އަދި ބުނީ އެ ދެ ގެ ބަލައި ފާސްކުރިއިރު އޭގެ ތެރެއިން އެއް ގެއަކުން ސިހުރުހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި ލިޔެފައިހުރި 32 ފޮތެއްގެ އިތުރުން ސިހުރުހާހޫރަ ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ވެސް ފެނުނު ކަމަށެވެ. މި ތަކެތި ގެންދިޔަ ނަމަވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ކަމާ ގުޅޭ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތައް ބަލާއިރު ސަމާލުވާން ޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ދާދިފަހުން ހޯދާފަ އެވެ.