ސިހުރު ހެދުން

ސިހުރު ހަދާކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

ސިހުރުހަދާ ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ. ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ހއ. އިހަވަންދޫން ހައްޔަރުކޮށްފައިވަނީ، 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އިހަވަންދޫއިން ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް މި މީހުން އުޅޭކަމަށް ބެލެވޭ ދެ ގެއަކާއި ގުދަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިހަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ މި މައްސަލައާއި ގުޅުންހުރި ބައެއް ތަކެތިވެސް ބަލައި ފާސްކުރި ތަންތަނުން ގެންދިޔައެވެ.