ވ. ފެލިދޫ ގެއެއް ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ އެއްޗެއްސާއި ފޮތްތަކެއް ފުލުހުން ނަގައި ގެންގޮސްފި އެވެ.
ފުލުހުން ބުނީ ފެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރި އިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ޒާތުގެ ފޮތްކަކާއި ލިޔެކިއުންތަކެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.