ސިހުރު ހަދަން ބޭނުން ކުރާ ފޮތްތަކެއް ތ. ބުރުނީ ގެއަކުން އަތުލައިފި އެވެ.
ފުލުހުން މިއަދު ބުނީ ބުރުނީ ގެއެއްގައި ސިހުރު ހާހޫރަ ހަދަން ބޭނުން ކުރާ ފޮތްތަކަކާއި އެ ކަމަށް ބޭނުންވާ އެހެން އާލާތްތައް ހުރި ކަމުގެ މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އެ ގެ ބަލައި ފާސް ކޮށްފައިވާ ކަމަށެވެ.
އެ ގެ ބަލައިފާސް ކުރިއިރު ސިހުރު ހާހޫރާ ހަދަން ބޭނުން ކުރާ ކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށާއި އެ ފޮތްތައް ފުލުހުންގެ ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.