ސިހުރު ހަދަން ބޭނުންކުރާ ގިނަ އަދެއްގެ ތަކެތި ރ. އިންނަމާދޫއާއި ރ. މާކުރަތުން ހޯދައިދި އެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ރ. އިންނަމާދޫ އާއި މާކުރަތުގެ ނުވަ ގެއެއް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ހަތަރު ގެއަކުން ސިހުރަ ހަދަން ބޭނުންވާ ސާމާނު ފެނުނު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މި ގެތައް ބަލައިފާސްކުރިއިރު އިންނަމާދޫ ދެ ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކަކާއި ލިޔުންތަކަކާއި ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވެއެވެ. އަދި މާކުރަތުގެ ދެ ގެއަކުން ވެސް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފަ ނުވާ ކަމަށް ފުލުހުން ބުންޏެވެ.