އިލެކްޝަންސް ކޮމިޝަން

ތިން ރަށުގެ ބައި އިލެކްޝަނަށް ހަތް ކެންޑިޑޭޓުން

ހއ.ތަކަންދޫ އާއި ތ.ވިލިފުށި އަދި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ޖުމްލަ ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ތަކަންދޫ އާއި ވިލުފުށި އަދި ގެމަނަފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮތީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މުއްދަތު ހަމަވީއިރު ތ. ވިލުފުށިން ދެ ކެންޑިޑޭޓުން ގއ. ގެމަނަފުށިން ތިން ކެންޑިޑޭޓުން އަދި ތަކަންދޫ އިން ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށެވެ.

ވިލުފުށިން ކުރިމަތިލީ އެމްޑީޕީގެ ކެންޑިޑޭޓަކާ އަމިއްލަ ކެންޑިޑޭޓެކެވެ. ގެމަނަފުށިން އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ތަކަންދޫ އިން ކުރިމަތިލީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ.