ކ. ގާފަރުގައި ހަދާފައިވާ އައިސްޕްލާންޓް ހިންގަން މިފްކޯއާ ހަވާލުކޮށްފި އެވެ.
ގާފަރު ކައުންސިލް އިދާރާ އިން ބުނީ އައިސްޕްލާންޓް މިފްކޯއާ ހަވާލުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އައިސްޕްލާންޓްގެ ހިދުމަތް މިހާރު ލިބޭނެ ކަމަށްވެސް އެ އިދާރާ އިން ބުނެފައިވެ އެެވެ.
ގާފަރު އައިސްޕްލާންޓް ހުޅުވީ އެރަށުގައި މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
އައިސްޕްލާންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ގާފަރަށް ވަޑައިގެންނެވެ.
މަސްވެރި ރަށެއް ކަމުގައިވާ ގާފަރުގައި ގާއިމުކޮށްފައިވަނީ 25 ޓަނުުގެ އައިސްޕްލާންޓެކެވެ.