މަތީ ތައުލީމް

ޔޫޑަބްލިއުސީގެ ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

Jan 9, 2022

ޔުނައިޓެޑް ވޯލްޑް ކޮލެޖަސް (ޔޫޑަބްލިއުސީ) އިން އެކި ގައުމުތަށް ހަމަޖައްސައިދޭ ސޮކޮލަޝިޕްތަކުގެ ތެރެއިން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫޑަބްލިއުސީގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ދިވެހިންނަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29ގެ ނިޔަލަށެވެ.

މިއަހަރުގެ ސްކޮލާޝިޕަށް ކުރިމަތިލެވެނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.

ޔޫޑަބްލިއުސީގެ ސްކޮލާޝިޕަށް ހޮވޭ ކުދިން ކިޔަވާނީ އެ ކުއްޖަކު ނިސްބަތްވާ ގައުމަކުން ސްކޮލާޝިޕް ލިބޭ ކޮލެޖެއްގަ އެވެ.

ދުނިޔޭގެ 18 ގައުމެއްގައި ޔޫޑަބްލިއުސީއާ ގުޅިފައިވާ ކޮލެޖުތައް ހިންގަމުންދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް ތިނެއް ނުވަތަ ފަސް ސްކޮލާޝިޕްގެ ފުރުސަތު ޔޫޑަބްލިއުސީން ގައުމުތަކުގައި ހުޅުވާލަ އެެވެ.

ޔޫޑަބްލިއުސީ އަކީ ތައުލީމުގެ ޒަރިއްޔާއިން ދުނިޔޭގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރުމަށާއި ދޭދޭ ގައުމުތަކުގެ މެދުގައި ސުލްހަވެރި ގުޅުމެއް އުފައްދާ، ދެމެހެއްޓެނިވި މުސްތަގުބަލަކަށް މަގުފަހި ކުރުމުގެ ގޮތުން ހިންގާ ބައިނަލްއަގްވާމީ ހަރަކާތެކެވެ.