ލައިފްސްޓައިލް

ޕޮލިސް ކާރުން ފިލިއިރު ނޭނގުނު!

އަތުގައި ބިޑި އަޅުވާ ޕޮލިސް ވެހިކަލްގައި ބައިންދާފައި އިންދާ، އަދި އެ ވެހިކަލުގައި ތިބި ފުލުހުން ވެސް ބަލަން ތިއްބާ މީހަކަށް ފިލިދާނެ ހެއްޔެވެ؟ ބްރެޒިލްގެ މި މީހާ ޕޮލިސް ކާރުން ފުންމާލާ މަންޒަރުގެ ވީޑިއޯ ސީސީޓީވީ ކެމެރާއަށް ރެކޯޑް ކުރެވިފައި ވެއެވެ.

އެ ވީޑީއޯގައި ފެންނަނީ މަގެއް މަތިން ބާރު ސްޕީޑުގައި ޕޮލިސް ވެހިކަލް ދަތުރު ކުރަމުން ދަނިކޮށް އެމީހާ ކުއްލިއަކަށް އެ ވެހިކަލުން ފުންމާލާ މަންޒަރެވެ.

ޔޫޓިއުބުގައި މި ވީޑިއޯ ޝެއާ ކޮށްފައި ވަނީ "ވައިރަލްހޮގް" ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. މި ހާދިސާ ހިނގާފައިވަނީ މިދިއަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ބްރެޒީލްގެ ޕަރައިބާގެ އަލަގޯ ނޯވާ ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހާ ފިލީ ޕޮލިސް ކާރުގެ "ޗެސް" ދޮރު ކޮންމެވެސް ގޮތަކުން ހުޅުވައިގެންނެވެ. ކާރުން ފުންމާލި ގޮތަށް އެމީހާ ކުޑަކަކޫ ޖަހައިގެން ބޯ ތިރިކޮށްގެން އިރުކޮޅަކު އޮތެވެ. ފުލުހުންގެ ވެހިކަލްގެ ލޯގަނޑުތަކުން އެ މީހާ ފުންމާލި މަންޒަރު ފެނިދާނެތީ އެވެ. އެމީހާ ގައިގައި ހުރި ބާރެއް ލާފައި ދުއްވައި ގަންނަނީ ލޯގަނޑަށް ނާރާ ވަރަށް ދުރަށް ވެހިކަލް ދިޔަކަން ޔަގީން ކުރުމަށް ފަހުގަ އެވެ.

އެމީހާ ވެހިކަލްގައި ނެތްކަން އޭގައި ތިބި ފުލުހުންނަށް އެނގުނީ ޕޮލިސް ސްޓޭޝަން ކައިރިއަށް ވެހިކަލް މަޑު ކުރުމުންނެވެ.