ކަޒަކިސްތާންގެ ވިޔަފާރި މަރުކަޒެއް ކަމަށް ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައި އޮތް އަލްމަތީ އާންމު ހާލަަތަށް ރުޖޫއަވަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އަލްމަތިގެ އާންމު މާރުކޭޓްތައް އާދަކާދައިގެ މަތިން ހުޅުވައި ދަތުރުފަތުރު ހަމައަކަށް އެޅިފައި ވެއެވެ.
ކަޒަކިސްތާންގައި އަލްމަތީ ވެސް ހިމެނޭ ގޮތުން ހަމަނުޖެހުމުގެ މަންޒަރެއް ނުފެންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. ބަޑިއެއް ފަދަ އެއްޗެެއް އަޑެއް ނުއިވޭ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ކަޒަކިސްތާންގެ މަގުތަކަށް އާންމުން ނުކުމެ އުތުރިއަރައިގަތުމުގެ ސަބަބުން ހިނގައިދިއަ ހަމަނުޖެހުން ތަކުގައި 164 މީހުން މަރުވެފައިވެ އެވެ.
ރައްޔިތުން މަގުތަކަށް ނުކުތީ ސަރުކާރުން ގޭހުގެ އަގަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ނުރުހުން ފާޅު ކުރުމަށެވެ. އެހެން ނަމަވެސް ހަމަނުޖެހުންތައް ތަޅާފޮޅުމަށް ބަދަލުވެ އަމަން ބަލަހައްޓާ އޮފިސަރުންނަށް އަނިޔާކޮށް އިމާރާތްތަކުގައި ވަނީ ހުޅުޖަހާފަ އެވެ.
ގޭހުގެ އަގު ބޮޑުވާން ދިމާވި ސަބަބަކީ ސަރުކާރުން ކުރިން ދެމުން ގެންދިއަ ސަބްސިޑީޒް، ކުރިއާލައި އެންގުމެއް ނެތި ކަނޑާލުމުންނެވެ. ސަބްސިޑީޒްގެ ގޮތުގައި ސަރުކާރުން ދެމުން ގެންދިއަ އެހީތެރިކަން ވެފައި އޮތީ އާންމުންނަށް ވަރަށް ބޮޑު ފަސޭހައަކަށެވެ.
އާންމުން ރުއްސުމަށްޓަކައި ސަރުކާރުން ވަނީ އެމީހުން ބުނިހާ ގޮތެއް ހަދާފަ އެވެ. އެވަރުން ވެސް މަގުތައް ދޫކޮށް ދާން އެމީހުން ބޭނުމެއް ނުވި އެވެ.
ހަމަނުޖެހުންތައް ބޮޑު ލޭ އޮހޮރުވުމަށް ބަދަލުވެދާ ކަމަށް ބިރު ރައީސް ގާސިމް ޖޫމާރަތު ތޫކަޔޭފް ރަޝިއާގެ އެހީއަށް އެދިވަޑައި ގެންނެވި އެވެ.
ރަޝިއާ ސިފައިން ކަޒަކިސްތާނަށް ގޮސް މަގުތަކުގައި ފޯރިމަރަން ފެށުމުން އެއްވެ އުޅުނު މީހުންތައް މިހާރު ވަނީ ގެއަށް ގޮސްފަ އެވެ.