އަރުމޭނިއާ ސިފައިން ބޯޑަރު ހުރަސްކޮށް އަޒަރުބައިޖާން ސިފައިންގެ އަމާޒުތަކަށް ހަމަލާދީފި އެވެ.
މިހަމަލާގައި އެއްވެސް މީހަކަށް އަދި އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަޒަރުބައިޖާންގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އަރުމޭނިއާ އަކީ އަޒަރުބައިޖާނަށް ހަސަދަ އޮންނަ ގައުމެކެވެ. އަރުމޭނިއާ ވަނީ އަޒަރުބައިޖާންގެ ނަގޯނޯ ކަރަބާޚް އަތުލައިގަނެ ޒަމާންތަކެއް ވަންދެން ބާރު ހިންގާފަ އެވެ. އެހެންނަމަވެސް، ތުރުކީގެ އެހީތެރިކަމާ އެކު އަޒަރުބައިޖާނުން ހަނގުރާމަކޮށް އަރުމޭނިއާ އަތުން ނަގޯނޯ ކަރަބާޚް ވަނީ އަގުތަލައިގެންފަ އެވެ.
ދެގައުމުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން އަބަދު ކަހަލަ ގޮތަކަށް ހަލަމާ ބަދަލުކުރެވެ. ހަމަލާތަކުގައި ބައެއް ފަހަރު މީހުންނާ ތަކެއްޗަށް ބޮޑެތި ގެއްލުން ލިބުނު ނަމަވެސް އެއްވެސް ކަމެއް ނުވާ ފަހަރު ވެސް އާދެ އެވެ.
އަޒަރުބައިޖާންގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން އަޒަރުބައިޖާންގެ ސިފައިންނަށް ހަލަމާދޭން އަރުމޭނިއާ ސިފައިން އޮޓަމެޓިކް ގްރެނޭޑް ލޯންޗަރު ބޭނުންކޮށްފައިވެ އެވެ.
އަޒަރުބައިޖާންގެ ދިފާއީ ބާރުތަކުން ވެސް ރައްދު ހަަމަލާދިން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. އަދި ބުނީ ހަމަލާ ދިނީ މިހުންނަށާއި ތަކެއްޗަށް ގެއްލުން އެންމެ ކުޑަވާނޭ ގޮތް ބަލައިގެން ކަމަށެވެ.
ނަގޯނޯ ކަރަބާޚް އޮންނަނީ އަޒަރުބައިޖާންގެ ބިމެއްގެ ގޮތުގައެވެ. ބައިނަލްއަގްވާމީ ލިޔެކިޔުންތައް ގަބޫލުކުރަނީ މިގޮތަށެވެ. އެހެން ނަމަވެސް 1991 ގައި އަރުމޭނީއާ އަސްކަރިއްޔާއިން ނަގޯނޯ ކަރަބާކް އަށް އަރައިގަނެ އެތަން ހިސޯރުކުރި އެވެ.
ދެގައުމުގެ ދެމެދުގައި މިހާރު އަރަމުންދާ އާތްވަކީ 2020 ގައި ނަގޯނޯ ކަރަބާޚް އަތުލަން އަޒަރުބައިޖާނުން ހަ ހަފުތާ ވަންދެން ކުރި ހަނގުރާމައިގެ ސަބަބުން އުފެދުނު ހުޅުގަނޑުން އަރާ އާތްވެވެ.
މިހަނގުރާމާއިގައި އަޒަރުބައިޖާނުން ވަނީ އަރުމޭނިއާ އަށް ވަރަށް ބޮޑު ގެއްލުމެއް ދީފަ އެވެ. އަދި ނަގޯނޯ ކަރަބާޚް ވަށައިގެން އޮތް ބޮޑު ސަރަހައްދެއް އަޒަރުބައިޖާނުން ވަނީ އަތުލަގެންފަ އެވެ.
އަރުމޭނިއާ ހަނގުރާމައިގައި ބަލިވުމުން ފައިބައިގެން ދިޔައީ ވަރަށް ބޮޑު ސަރަހައްދެއްގައި މައިން ވަޅުލާފަ އެވެ. މިކަމުގެ ސަބަބުން އަޒަރުބައިޖާންގެ ސިފައިންނަށާއި ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ.