ދުނިޔެ

އަރުމޭނިއާއިން އަޒަރުބައިޖާނަށް ހަމަލާދީފި

އަރުމޭނިއާއިން އަޒަރުބައިޖާންގެ އަސްކަރީ މަގާމުތަކަށް ހަމަލާދީފި ކަމަށް އަޒަރުބައިޖާންގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އަޒަރުބައިޖާން ޑިފެންސް މިނިސްޓްރީން ބުނި ގޮތުން ބުދަ ދުވަހުން ފެށިގެން އަރުމޭނިއާ އިން ދޭތެރެ ދޭތެރެއިން އަޒަރުބައިޖާންގެ އަސްކަރީ ޕޯސްޓަަކަށް ހަމަލާދީފައިވާ ކަމަށެވެ.

އަރުމޭނިއާ އަށް ރައްދު ހަމަލާދިން ކަމަށް އަޒުބައިޖާނުން ބުނެ އެވެ. އަދި ބުނީ މަޝްރަހު މިވަގުތަށް އޮމާން ކަމަށެވެ.

އަޒަރުބައިޖާން އާއި އަރުމޭނިއާ އަކީ ކުރީގެ ސޯވިއެޓް ޔޫނިއަނަށް ނިސްބަތްވާ ދެ ގައުމެވެ. މި ދެ ގައުމުގެ ދެމެދުގައި މަސްލަހަތު ގެއްލެން މެދުވެރިވެފައި އޮތީ ނަގޯނޯ ކަރަބާޚްގެ މައްސަލަ އެވެ.

ނަގޯނޯ ކަރަބާޚް އަކީ ބައިނަލްއަގުވާމީ ލިޔުންތަކުން ސާބިވާ ގޮތުގައި ވެސް އަޒަރުބައިޖާންގެ ބިމެކެވެ. އެހެންނަމަވެސް މިދާކަށް ދުވަހާ ޖެހެންދެން ވެސް އަރުމޭނިއާ އިން އޮތީ އެތަނ ހިސޯރުކޮށްފަ އެވެ.

މިހެން ކަން އޮއްވައި ސެޕްޓެމްބަރު 27، 2020 ގައި އަޒަރުބައިޖާނުން އަރުމޭނިއާށް ހަމަލަދޭން ފެށި ގޮތަށް މެދު ނުކެނޑި 44 ދުވަސް ވަންދެން ވަނީ ހަމަލާދީފަ އެވެ. އަދި 30 އަހަރު ވަންދެން އަރުމޭނިއާގެ މުށުގައި އޮތް ނަގޯނާ ކަރަބާޚް އަތުލައި އަޒަރުބައިޖާންއާ އެކު ވަނީ ހީރަސްޖަހާފަ އެވެ.

ރަޝިއާ މެދުވެރިވެ ހަމަލާތައް ހުއްޓާލި ނަމަވެސް އަޒަރުބައިޖާނަށް ލިބުނު ބޮޑު ކާމީޔާވީ ވެގެން ގޮސްފައި ވަނީ އަރުމޭނިއާ އަށް ބަލައިގަންނަން ދަތި ކަމަކަށެވެ. އެކަމުގެ ރުޅިވެރިން އަދި ވެސް އޮތީ އެވެ.

އަޒަރުބައިޖާނަށް ދޭތެރެ ދޭތެރެއިން އަރުމޭނިއާ ސިފައިން މިހާރު ދެމުން ގެންދާ ހަމަލަތަކަކީ އެމީހުންގެ ހިތުގައި އޮތް ހަސަދަ އާއި ރުޅިވެރިކަން އިތުރިއަރަން ފެށުމުން ފެންނަ އަމަލުތަކެކެވެ.

ދުނިޔެ ގަބޫލުކުރާ ގޮތުން އަޒަރުބައިޖާންގެ އަސްކަރިއްޔާ މިހާރު ވަރަށް ގާބިލެވެ. އަރުމޭނިއާ އަންދާލެވޭ ވަރަށް އަޒަރުބައިޖާން އޮތީ ތައްޔާރަށެވެ. އެހެން ނަަމަވެސް ބައިނަލްއަގްވާމީ ގާނޫނަށް ތަބާވުމަށް މިވަގުތު ދެނީ ހަމައެކަނި ރައްދު ހަމަލާ އެވެ.