އަޒަރުބައިޖާންގެ ކަރަބާޚް ދަމައިގަނެ ބާރުވެރި ކޮށްގެން އަރުމީނިއާ ސިފައިން ތިބި ދުވަސްވަރު ވަޅުލާފައިވާ މައިތައް، ހުރި ތަންތަން ދައްކައިދޭ ޗާޓެއްގެ ބަދަލުގައި އަޒަރުބައިޖާނުން 10 އަސީރުން މިނިވަންކޮށް އަރުމީނިއާއަށް ދީފި އެވެ.
އަރުމީނިއާގެ ބާޣީ ސިފައިން އަޒަރުބައިޖާންގެ ބިންތަކުގައި އެތައް ހާސް މައިނެއް ވަނީ ވަޅުލާފަ އެވެ. އެހެން ނަމަވެސް މައިންތައް ހުރި ތަންތަން އަޒަރުބައިޖާނަކަށް ނޭނގެ އެވެ.
މައިން ހޯދުމަށްޓަކައި، މައިން ޑިޓެކްޓަރު ހޯދަން ކުރާ މަސައްކަތަކީ ނުލާހިކު ބިރުބޮޑު މަސައްކަތެކެވެ. މައިން ހޯދުމުގެ ތެރޭގައި ވެސް ލޭންޑް މައިންތަކަށް ފައިންއެރި މުޅި މީހާ ގޮވައިގެންދެ އެވެ.
އަޒަރުބައިޖާނުން ކަރަބާޚް މިނިވަން ކުރަން ކުރި ހަނގުރާމައިގައި އަރުމީނިއާ ބަލިވެ ފަހަތަށް ޖެހެމުން ދިއަ ދިއުމުގައި ވެސް ދިއައީ މައިން ވަޅުލަމުންނެވެ. މައިން ވަޅުލި މީހުންނަށް ވެސް ވަޅުތަކުގެ ރެކޯޑް ބެލެހެއްޓިފައި ނުވެ އެވެ.
އަރުމީނިއާ މިހާރު މައިން ޗާޓުތައް ބޭނުން ކުރާނީ ސިޔާސީ ހަތިޔާރެއް ގޮތުގައި އަސީރުން މިނިވަން ކުރުމަށެވެ. މީގެ ކުރިން ވެސް އެތައ ޗާޓެއް ވަނީ އަޒަރުބައިޖާނަށް ބަދަލުގައި ދީފަ އެވެ.
އަޒަރުބައިޖާނުން ބުނާ ގޮތުން މައިން ޗާޓުގަައި މައިން ހުންނަ ކަމަށް ފާހަގަ ކޮށްފައި ހުންނަ ބައެއް ތަންތަނުގައި މައިން ނުހުރެ އެވެ. އަދި މައިން ހުންނަ ކޮންމެ ތަނެއް ޗާޓަކުން ނުދައްކަ އެވެ.
ރަޝިއާއާ ތުރުކީ މެދުވެރިވެ އަޒަރުބައިޖާންއާ އަރުމީނިއާ ސުލްހަވުމަށް އެއްބަސްވެފައި އޮތް ނަމަވެސް، މިހާރު ވެސް ދެ ގައުމުގެ ބޯޑަރުގައި ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލު ކުރެ އެވެ. އަދި ސިފައިންނަށާއި އާނުންމަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަރުމީނިއާއިން އެތައް ޒަމާނެއް ވަންދެން އޮބައިގަނެގެން ބޭނުންކުރި އަޒަރުބައިޖާންގެ ބިންތައް ދޫކޮށް ދާން ޖެހުމުން އަރައިގަތް ރުޅި އަދި ވެސް އެމީހުންގެ ކިބައިން ފެނެ އެވެ. އަރުމީނިއާއަށް އެކަން ވެފައި ވަނީ ވަރަށް ބޮޑު ހިތާމައަކަށެވެ.