ދުނިޔެ

ރަޝިއާއިން 2020ގައި އަރުމޭނިއާއަށް ހަތިޔާރު ސަޕްލައިކުރި

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް - 2020 ގައި ރަޝިއާއިން އަރުމޭނިއާއަށް ހަތިޔާރު ދިން
33.3%
0%
66.7%

އަރުމޭނިއާގެ ކިބައިން ނަގޯނޯ ކަރަބާޚް މިނިވަންކުރަން އަޒަރުބައިޖާނުން 2020ގައި ކުރި ހަނގުރާމައިގައި ރަޝިއާ ބައިވެރިވި ކަމަށް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވިދާޅުވެއްޖެ އެވެ.

އިލްހާމް އަލިޔޭވް ވިދާޅުވި ގޮތުގައި ރަޝިއާއިން ބާރުގަދަ ހަތިޔާރު އަރުމޭނިއާއަށް ފޮނުވީ ކަޒަކިސްތާނާއި ތުރުކްމެނިސްތާން އަދި އީރާން މެދުވެރިކޮށެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ހުންނަ "އަޒަރުބައިޖާން ޑިޕްލޮމެޓިކް އެކަޑަމީ" އޭޑީއޭ ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން އަލިޔޭވް ވިދާޅުވީ ރަޝިއާގެ ހަތިޔާރު އަރުމޭނިއާއަށް ހިފެހެއްޓުމެއް ނެތި ފޯރުކޮށްދޭކަން އަޒަރުބައިޖާންގެ ދިފާއީ ބާރުތަކަށް އެނގޭ ކަމަށެވެ.

އަލިޔޭވް ވިދާޅުވި ގޮތުގައި ހަނގުރާމައިގައި ރަޝިއާ ބައިވެރިކުރަން އަރުމޭނިއާ ބޭނުންވި އެވެ. އަދި ހަނގުރާމައިގެ ތެރެއަށް ރަޝިއާ ފައްތާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ނަގޯނޯ ކަރަބާޚް ހަނގުރާމައިގައި ރަޝިއާ ބައިވެރި ނުވި ނަމަވެސް ބަރާބަރަށް ހަތިޔާރު ފޯކޮށްދެމުން ގެންދިޔަ ކަމަށެވެ.

ރަޝިއާއިން ހަތިޔާރު ފޮނުވީ ރޮސްޓޯވް އާއި މޮޒްޑޮކްގެ ތެރެއިން ކަމަށް އަލިޔޭވް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަރުމޭނިއާއަށް ހަތިޔާރު ސަޕްލައިކުރުން ހުއްޓުވުމަށް ޖޯޖިއާގެ ކިބައިން ރަޝިއާގެ ކާގޯ ފްލައިޓްތަކަށް ވައިގެ ސަރަހައްދު ބަންދުކޮށްދޭން އެދުމުން އެކަން ކޮށްދިން ކަމަށެވެ.

ކަޒަކިސްތާނާއި ތުރުކްމެނިސްތާން އަދި އީރާންގެ ތެރެއިން އަރުމޭނިއާއަށް ހަތިޔާރު ސަޕްލައި ކުރާތީ އެކަން ހުއްޓުވައި ދިނުމަށް އެދި އާދޭސްކުރުމުން ވެސް އެ ގައުމުތަކުން އަޅައި ނުލި ކަމަށް އަލިޔޭވް ވިދާޅުވި އެވެ.

އަލިޔޭވް ވިދާޅުވި ގޮތުގައި ސުލްހަވުމަށް ވުރެ ހެޔޮ ގޮތެއް ނެތްކަން އަރުމޭނިއާއަށް ވެސް މިހާރު އެނގޭނެ ކަމަށެވެ.

ނަގޯނޯ ކަރަބާޚް ހަނގުރާމަ އަކީ ހައިސިއްޔަތު ބުނެދިން ހަނގުރާމައެއް ކަމަށް ވިދާޅުވެ އަލިޔޭވް ވިދާޅުވީ ސުލްހަ ދެމެހެއްޓުމަށް ސޮއިކުރެވޭ އެއްބަސްވުމަކަށް ހެޔޮކޮށް ހިތުމަކީ އަމާން ސަރަހައްދަކަށް އެންމެ މުހިންމު އަސާސްކަން އަރުމޭނިއާ ދަންނަން ޖެހޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345