ދުނިޔެ

އަޒަރުބައިޖާން، އަރުމޭނީއާ އަނެއްކާވެސް ހުޅުފަޅައިގެން ދަނީ

އަރުމޭނީއާގެ ހަލާތަކުގައި އަޒަރުބައިޖާންގެ 50 ސިފައިން މަރާލައިފި އެވެ.

އަޒަރުބައިޖާންގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ މިއީ ރަނގަޅު އަދަދެއް ކަމަށް ބުނެފަ އެވެ.

އަޒަރުބައިޖާންގެ މައްޗަށް އަރުމޭނިއާ ވަރަށް ބޮޑު އަދާވާތްތެރި ކަމެއް އޮންނަ ކަމަށް އަޒަރުބައިޖާން އިން ބުނެ އެވެ.

އެއީ ބިމުގެ މައްސަލާގައި އުފެދިފައި އޮތް އެހެން ނަމަވެސް އަރުމޭނިއާ ގޮތް ދޫކުރަށް ބޭނުން ނުވާތީ އުފެދިފައި އޮތް ޚިޔާލު ތަފާތުވުން ތަކެއް ކަމަށް ވެސް އަޒަރުބައިޖާން އިން ބުނެ އެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާން އަކީ ވެސް ކުރީގެ ސޯވިއެޓް ޔޫނިއަނަށް ނިސްބަތްވާ ދެ ގައުމެވެ.

މި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނީ 1991 ގައި އަރުމޭނީއާ ސިފައިން އަޒަރުބައިޖާނަށް ހަމަލާދީ ނަގޯނޯ ކަރަބާކް އަތުލައިގަތް ފަހުންނެވެ.

އެއަށް ފަހު ދޭތެރެ ދޭތެރެއިން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވެ އެވެ. އަޒަރުބައިޖާނުން ހަމަލާދެނީ ނަގޯނޯ ކަރަބާޚް އަނބުރާ ހޯދުމަށެވެ. އަރުމޭނިއާ އިން ހަމަލާދެނީ ނަގޯނޯ ކަރަބާޚް އަތުލިޔަ ނުދިނުމަށެވެ.

ނަގޯނޯ ކަރަބާޚް އަކީ ބައިނަލްއަގުވާމީ ލިޔުންތަކުން ސާބިވާ ގޮތުގައި ވެސް އަޒަރުބައިޖާންގެ ބިމެކެވެ. އެހެން ނަމަވެސް، އަރުމޭނިއާ އިން ބާރުގެ ބޭނުންކޮށް އެ ބިން ހިސޯރުކޮށް ދަމަހައްޓަން ބޭނުންވަނީ އެވެ.

މިހެން ކަން އޮއްވައި ސެޕްޓެމްބަރު 27، 2020 ގައި އަޒަރުބައިޖާނުން އަރުމޭނިއާށް ހަމަލަދޭން ފެށި ގޮތަށް މެދު ނުކެނޑި 44 ދުވަސް ވަންދެން ވަނީ ހަމަލާދީފަ އެވެ. އަދި 30 އަހަރު ވަންދެން އަރުމޭނިއާގެ މުށުގައި އޮތް ނަގޯނާ ކަރަބާޚް އަތުލައި އަޒަރުބައިޖާން އިން ވަނީ މިނިވަންކޮށްފަ އެވެ.

ރަޝިއާ މެދުވެރިވެ ހަމަލާތައް ހުއްޓާލި ނަމަވެސް އަޒަރުބައިޖާނަށް ލިބުނު ބޮޑު ކާމީޔާވީ ވެގެން ގޮސްފައިވަނީ އަރުމޭނިއާއަށް ބަލައިގަންނަން ދަތި ކަމަކަށެވެ. އެހެންކަމުން އަރުމާނިއާ އިން ދޭތެރެ ދޭތެރެއިން އަޒަރުބައިޖާނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެ އެވެ.

ނަގޯނޯ ކަރަބާޚް އިން އަރުމޭނިއާ ސިފައިން ފައިބައިގެން ދަމުން ވަރަށް ބޮޑު ސަރަހައްދެއްގައި ވަނީ ލޭންޑްމައިން ވަޅުލާފަ އެވެ. މި މައިންތަކަށް އެރި އަޒަރުބައިޖާންގެ އެތައް ބަޔަކު -- ސިފައިންނާއި އާންމުން ހިމެނޭ ގޮތުން ގުނަވަންތައް އުނިވެ އަދި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ލޭންޑްމައިނަކީ 1949 ވަނަ އަހަރު ޖެނީވާ މުއާހަދާތައް ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތަކުން މަނާ ކުރާ ހަތިޔާރެކެވެ. އާންމުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދުތަކުގައި މައިން ވަޅުލުމަކީ ބޮޑު ކުށެކެވެ.

އަރުމޭނިއާ، އަޒަރުބައިޖާން ހަމަނުޖެހުން ތަކުގައި އެމެރިކާ އާއި ރަޝިއާ ވެސް ގިނަ ފަހަރު ހަމްދަރުދީ ވަނީ އަރުމޭނިއާ އަށެވެ.