ދުނިޔެ

ޔުކްރޭނަށް އިތުރު ސިފައިން ފޮނުވުމުގެ ބޭނުމެއް ނެތް: ރަޝިއާ

ޔުކްރޭންގައި ރަޝިއާ ސިފައިން ހިންގަމުން ގެންދާ ޚާއްސަ އޮޕަރޭޝަންތައް ދެމެހެއްޓުމަށް އިތުރު ސިފައިން ފޮނުވަން ހާޖަތެއް ނެތް ކަމަށް ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު ވިދާޅުވެއްޖެ އެވެ.

ޝޮއިގޫރު ވިދާޅުވި ގޮތުގައި ޔުކްރޭންގައި ރަޝިއާގެ ފައުޖުތައް އެކަށީގެންވާ ވަރަށް ވަނީ ރުކުރުވާލެވިފަ އެވެ. ސިފައިން އިތުރު ނުކޮށް އޮޕަރޭޝަންތައް ބަރާބަރަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ރިޒާވް ބޭނުންވާ ވަރަށްވުރެވެސް އިތުރު ކަމަށް ޝޮއިގޫރު ވިދާޅުވި އެވެ. މި އަހަރު ކުރީކޮޅު އެކަނިވެސް 335،000 ސިފައިން އަސްކަރިއްޔާއާ އަލަށް ގުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝޮއިގޫރު ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން އޮޕަރޭޝަންތައް ހިންގަނީ ހަމައެކަނި ޔުކްރޭންގައެއް ނޫނެވެ.

އަޒަރުބައިޖާންގެ ނަގޯނީ ކަރަބާޚްގައި އަމަން ބެލެހެއްޓުމުގައި ވެސް ރަޝިއާ ސިފައިން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސީރިއާގައި ވެސް ރަޝިއާ ސިފައިން ހަރަކާތްތެރިވެ އެވެ.

ކަރަބާޚް އަކީ ރަޝިއާ ސިފައިންނަށް ވަކި ރައްކާތެރި ތަނެއް ނޫން ކަމަށް ވެސް ޝޮއިގޫރު ވިދާޅުވި އެވެ. ނަމަވެސް، ރަޝިއާގެ ދައުރެއް ކަރަބާޚްގައި އޮތުމުން -- ސިފައިން ކުރާ މަސައްކަތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގެ އެހީގައި ކަރަބާޚް ސަރަހައްދުން 98،000 އާންމުން -- އޭގެ ތެރޭގައި 32،000 ކުޑަކުދިން ވެސް ހިނެނޭ ގޮތުން، ކަރަބާޚް ސަރަހައްދުން އަރުމީނިއާއަށް ގެންގޮސްފައިވާ ކަމަށް ވެސް ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ޝޮއިގޫރު އަދި ވިދާޅުވި ހަނގުރާމައިގެ މައިދާންތަކުގައި ރަޝިއާ ސިފައިން ހަރަކާތްތެރިވަމުން ދާއިރު -- އަސްކަރީ ތަމްރީން ހޯދުމުގައި އެތައް ހާސް ސިފައިން މަސްއޫލުވަމުންދާ ކަމަށެވެ.

އަސްކަރިއްޔާއަށް ޒަމާނީ އަދި ފުރިހަމަ ތަމްރީން ދިނުމަކީ ރަޝިއާ ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ސިފައިންގެ ފައުޖުތަކުން ގެނެސްގެން ވެސް ތަމްރީންތަކުގައި ސިފައިން ބައިވެރިކުރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.