ސަލްމާން ރަސްގެފާނު މިސްކިތް

ކައުންޓާ ޓެރަރިޒަމް ޔުނިޓް ސަލްމާން މިސްކިތަށް ބަދަލު ކުރާ ތުހުމަތެއް

ސަލްމާން މިސްކިތުގެ މަސައްކަތްތައް ބަދަލު ކުރަން އުޅޭ ކަމުގެ ތުހުމަތު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.

މުއިއްޒު މިފަދަ ތުހުމަތުތަކެއް ކުރެއްވީ ރޭ ވީޓީން ގެނެސްދިން "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތުގައި ގުރުއާނާ ބެހޭ މަރުކަޒަށް ދޭން އޮން ޖާގައަށް މިސްކިތާ ނުވެސް ގުޅޭ ކައުންޓާ ޓެރަރިޒަމްގެ ސެންޓަރު ބަދަލު ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވުން ދިގުލައިގެން ގޮސް އަދި މިސްކިތަަށް ބަދަލުތަކެއް ގެންނަން އުޅޭތީ މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒުގެ ބަދަލުގައި ކައުންޓާ ޓެރަރިޒަމް ސެންޓަރު މިސްކިތަށް ބަދަލު ނުކުރަން ގޮވާލެއްވި އެވެ.

"ގުރުއާނާ ބެހޭ މަރުކަޒު މިހާރު ހުރީ ވަރަށް ހާލު ދެެރަކޮށް. އެތަނަށް ވަންނަ ކޮންމެ މީހަކު ކަރުނަ އަޅާ ރޯނެ. އެތަން ހުރީ ބޮަލަށް ވެއްޓޭ ހިސާބުގައި. ގުރުއާނާ ބެހޭ މަރުކަޒު ބަދަލުޗކުރަން އެންމެ އައުލާކަން ބޮޑީ ކިންގް ސަލްމާން މިސްކިތުގެ ވަރަށް ޖާގަ ތަނަވަސް ފްލޯއެއް ކަނޑައަޅާފައި އޮންނާނެ." މުއިއްޒު ވިދާޅުވި އެވެ. "އިސްލާމީ ބިނާއެއްގެ ތެރޭގައި ހިނގަން ނުޖެހޭ އެތައް ކަމެއް އެތާ ހިނގާނެ ކަންނޭނގެ. އެއީ ވަރަށް ނުބައި މަގްސަދެއްގެ ތެރޭގައި ނޫނީ ނުވާނެކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."

މުއިއްޒު ވިދާޅުވީ އެ މައުލޫމާތުތައް ލިބިފައިވަނީ ރަސްމީ އިދާރާތައް މެދުވެރިކޮށް ކަމަށާއި މިއީ ހަގީގަތަކަށް ނުވާނަނަ މިކަން ސަރުކާރުން ސާފު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވަން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ ރޯދަ މަހަށެވެ. ސަރުކާރުން ވަނީ އެކި ފަހަރުގެ މަތިން ސަލްމާން މިސްކިތް ހުޅުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފަ އެވެ. ނަމަވެސް މިސްކިތް ހުޅުވުން ތަފާތު ސަބަބުތަކާ ހެދި ވަނީ ލަސްވެފަ އެވެ.