ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި

މީހެއްގެ ގަޔަށް ކޮވިޑް-19ގެ ވެކްސިން ޖަހަނީ: ދެ ޑޯޒް އާބާދީގެ 80 ޕަސެންޓް ވަނީ ޖަހާފައި--
0%
0%
0%

ކޮވިޑް-19އިން ދިފާއުވުމުގެ ގޮތުން ދެމުންދާ ވެކްސިންގެ ދެ ޑޯޒް، އާބާދީގެ 80 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ފުރިހަމަކޮށްފި އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވަނީ ވެކްސިން ޕްރޮގްރާމްގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

ޝާހު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ގިނަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން އާބާދީގެ 80 ޕަސެންޓަށް ވުރެ ބޮޑި ބަޔަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖަހަން ބޭނުންވާ ކަމަށާއި ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ވެސް އެނގޭ އެއްޗަކީ އޮމިކްރޯންއިން ސަލާމަތްވުމަށްޓަކައި ވެސް ވެކްސިން ޖަހާފައި ތިބި މީހުންނަށް ޕްރޮޓެކްޝަން ލިބޭ ކަން. އަދި ބޫސްޓާ ޑޯޒް ޖަހައިފިއްޔާ އޭގެ މައްޗަށް 80 ޕަސެންޓް އިތުރަށް ރައްކާތެރިކަން ލިބޭ ކަން،" ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ގައިދުރުކުރުމާއި، އަތް ދޮވުމާއި، މާސްކު އެޅުމާއި ވެކްސިން ޖެހުމަށް އިސްކަން ދިނުމަށްވެސް ޝާހު އިލްތިމާސްކުރެއްވި އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް މުޅި އާބާދީއަށް ޖެހުމުގެ މަސައްކަތް މި މަހު މެދުތެރޭގައި ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 368،238 މީހުން ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ. އަދި 27،762 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910