ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ބައިގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
މިނިވަން ފަންސާހަށް ފަހު އެފްއޭއެމުން ކަނޑައެޅި ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓާ އެއްގޮތަށް 2023/2024 އެއްްގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށާނީ އަންނަ މާޗް މަހު އެވެ. ކޮލިފިކޭޝަންގައި ބައިވެރިވާން ކްލަބުތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހު އެފްއޭއެމަށް ލިޔުމަކުން ހުށަހަޅަން ޖެހެ އެވެ.
ދިވެހި ޕްރިމިއާ ލީގު ފުޅާ ކުރަން ނިންމާފައިވާއިރު، އެފްއޭއެމުން މުޅި ރާއްޖެ ބަހާލަން ނިންމާފައި ވަނީ ހަތަރު ޒޯނަކަށެވެ. އެގޮތުން ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކަކީ ހއ. އާއި ހދ. އާއި ށ. އާއި ނ. އާއި ރ. އަތޮޅެވެ. ޒޯން ދޭއްގައި ބ. އަތޮޅާއި ޅ. އާއި ކ. އަތޮޅާއި އއ. އދ. އަތޮޅާއި ވ. އާއި މ. އާއި ފ. އަތޮޅާއި ދ. އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަދި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅެވެ. ޒޯން ހަތަރެއްގައި ހިމެނެނީ މާލެ ހުޅުމާލެ އަދި ވިލިމާލެ އެވެ.
ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުރިއަށް ދާނީ ކޮންމެ ޒޯނެއްގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން ހިމެނޭ ގޮތަށެވެ.
ލީގު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯންގެ ޗެމްޕިއަނުންނެވެ. މާލެ ޒޯންގެ ޗެމްޕިއަން ގޮތުގައި ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ޗެމްޕިއަނުންނަށެވެ.