ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާއިން 300 މިލިއަން ޑޮލަރު އަފްޣާނިސްތާނަށް

އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 308 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑައަޅައިފި އެވެ. މިއަދަދާ އެކު އެމެރިކާއިން އޮކްޓޯބަރު 2021 އަށް ފަހު އަފްޣާނަށް ދިން އެހީގެ ޖުމުލަ 782 މިލިއަނަށް އެރީ އެވެ.

އަފްޣާނިސްތާންގައި އޮތް މަދަނީ ސަރުކާރު ތާލިބާނުން ވައްޓާލުމާ ގުޅިގެން ދުނިޔޭގެ މާލީ އިދާތަކުން އަފްޣާނަށް ދޭން ހުރި ފައިސާތައް ވަނީ ހިފަހައްޓާފަ އެވެ. އަދި އަފްޣާންގެ މަރުކަޒީ ބޭންކަށް ޖަމާވާން ޖެހޭ ވަރަށް ގިނަ ފައިސާ އެމެރިކާއިން ހިފަހައްޓާފައި ވެސް އެބަ ހުއްޓެވެ.

އެމެރިކާއިން ކަނޑައެޅި އެހީއާ ގުޅިގެން ވައިޓް ހައުސްއިން ބުނީ އަފްޣާނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށާއި މިހާތަނަށް އެންމެ ގިނަ އެހީދިން ގައުމަކީ ވެސް އެމެރިކާ ކަމަށެވެ.

ވައިޓް ހައުސްއިން ބުނި ގޮތުން އަފްޣާނަށް ފޮނުވަން ހުރި ކޮވިޑް ވެކްސިން ވެސް ހުރީ ތައްޔާރަށެވެ. މިފަހަރު އެއްމިލިއަން ވެކްސިން ފޮނުވާނެ ކަމަށް ވެސް ބުންޏެެވެ. އަދި ބުނީ މިއަދަދާ އެކު އެމެރިކާއިން އަފްޣާނަށް ފޮނުވި ވެކްސިންގެ ޖުމްލަ 4.3 މިލިއަނަށް އަރާނެ ކަމަށެވެ.

އަފްޣާންގައި ކޮވިޑް ތައްކަތެއް ނުވެ އެވެ. ސިއްހީ ފަރުވާ ދޯހަޅިވުމުން އާދައިގެ ބަލިތަކުގައި ވެސް ބޮޑުވަރުވާ ނިސްބަތް ވަނީ އިތުރެވެ.

އަފްޣާންގައި 150،000 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރަސްމީ ހިސާބުތަކުން ދެއްކި ނަމަވެސް މިއީ އަސްލު ހަމައަދަދު ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ. ކޮވިޑް ޖެހިގެން އަފްޣާންގައި މަރުވި މީހުންގެ އަދަދު 7،000 ވަނީ ފަހަނައަޅާފަ އެވެ.