ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ މައްޗައްގޯޅި ޝެޑޯވީ ނަމަކަށް ކިޔާ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި އަލަށް ބޭނުން ކުރި އުނދުނެއްގައި ހަރުކޮށްފަ ހުރި ގޭސް ފުޅީން ގޭސް ލީކުވުމުގެ ތެރެގައި އަލިފާން ރޯވެފައިވާ ކަމަަށެވެ. އެފްއާރުއެސްގެ ސިފައިން އެ ގެއަށް ދިޔުމުގެ ކުރިން އަލިފާން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ކަމަށްވެސް ބުންޏެވެ. އަދި އެފްރާރުއެސްގެ ސިފައިން ކުރި މަސައްކަތުން އަލިފާން ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.