ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި އަށް ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު އަށަކަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް ބަންދުގައިވާ ރަށްތަކުގެ ވަރަށް ފަހުން ދަށްވުމަށް ފަހު އަނެއްކާ މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކޮށްފައިވާ ކ. ތުލުސްދޫ އެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ފަސް ރަށެއް ބަންދުގެ ލިސްޓައް ލާފަ އެވެ. އެއީ ހދ. ނައިވާދޫ، ދ. ހުޅުދެލި، ކ. މާފުށި އަދި ހއ. އިހަވަންދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކަކީ ހދ. ނެއްލައިދޫ، ލ. ފޮނަދޫ އަދި ހދ. ނޮޅިވަރަމްފަރެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 536 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 158 އެވެ.